މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އާރިފް ހޮސައިން (37އ) އެވެ.

އޭނާ 15 ދުވަހަށް ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ބަޔާންތަކުންނާއި އަނިޔާ ލިބުނު ފަރާތާއި ކުށުގެ ވެށިން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށެވެ. އަދި ކުށުގެ އަމަލު ހިންގުމުގައި އިތުރު ބަޔަކާއެކު އޭނާ ބައިވެރިވެފައިވުމުންނާއި އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އަނިޔާ ލިބުނު ފަރާތާމެދު ހިންގާފައިވާ ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށެވެ.

ހަމައެހެންމެ އޭނާއަކީ ގަވާއިދާ ޚިލާފަށް އުޅޭ މީހެއް ކަމުން ފިލައިގެން ދިއުމުގެ އިހުތިމާލު އޮޮތްކަމަށް ފެންނަ ކަމަށް ވެސް އަމުރުގައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *