ބީއެމްއެލްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ ދެވަނަ ކުއާޓަރަށް ވުރެ ދަށްވެފަ އެވެ. އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 551,6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލްގެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އިންޓަރެސްޓާއި އެފަދަ އެހެން ހަރަދުތަކަށް ހިނގި 64.5 މިލިއަން ކެނޑުމުން ޖުމްލަ އިންޓަރެސްޓް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 598.8 މިލިއަން ރުފިޔާ އެވެ.

އެ ބޭންކަށް ހިންގުމުގެ އާމްދަނީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި ވެސް 812 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ބީއެމްއެލްއަށް 659 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި އެ ބޭންކުން މިދިޔަ ކުއާޓަރުގައި 177.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެއާއެކު ސާފު ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބިފައި ވަނީ 481 މިލިއަން ރުފިޔާ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *