މާލެ ސިޓީގެ މޭޔަރާއި ދެ ކައުންސިލަރުން އިންތިހާބުކުރުން އަންނަ ޖެނުއަރީ މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މާލޭ މޭޔަރުގެ އިތުރުން ދެ ކައުންސިލަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަން އެލްޖީއޭގެ އެންގުމާއެކު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރަށް ބޭފުޅަކު އިންތިހާބުކުރަނީ އެ މަގާމުގައި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މޭޔަރުކަމުން ރައީސް ޑރ.މުއިއްޒު އިސްތިއުފާ ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

މީގެއިތުރުން ދެ ކައުންސިލަރުން އިންތިހާބުކުރުމަށް ނިންމާފައި ވަނީ މާލޭގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންވެސް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *