މާލެ ސިޓީ ކައުންސިލްގެ ކުރީގެ މީޑިއާ އޮފިސަރު މަލްޝާ ޝަރީފް އާއި، މާލެ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް، އަދި ތަރުޖަމާނަކަށް ހުންނެވި މަރިޔަމް ޝިއުނާ (ނަންނަ)، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ޢައްޔަން ކޮށްފިއެވެ.

މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި އިރު، މީޑިއާތަކާއި ގާތުން މަސައްކަތް ކުރެއްވި މަލްޝާއަކީ ސިޓީ ކައުންސިލްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައި އެކަން ނޫސްވެރިންނަށް އެންގެވި އެވެ.

ޔޫތް މިނިސްޓްރީގެ ނައިބަކަށް މިއަދު އައްުޔަނު ކުރި މަލްޝާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާސް އޮފް އާޓްސް، ބިޒްނަސް އެންޑް މާކެޓިން ހާސިލު ކުރައްވާފަ އެވެ. އަދި ބިޒްނަސް މެނޭޖްމަންޓުގެ ޑިޕްލޮމާ ހާސިލު ކުރައްވާފަ އެވެ.

ޑިގްރީއަށް ފަހު މަލްޝާ ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މާކެޓިން އެންޑް ސޯޝަލް މީޑިއާ އޮފިސަރެއްގެ މަގާމު ހަތަރު އަހަރު ފުރުއްވާފަ އެވެ. އެއަށް ފަހު ސިޓީ ކައުންސިލްގައި މީޑިއާ އޮފިސަރުގެ މަގާމާއި ހަވާލުވީ މިދިޔަ އަހަރު އެވެ.

ސިޓީ ކައުންސިލްގެ ތަރުޖަމާނަކަށް ދިއުމުގެ ކުރިން، ޝިއުނާއަކީ ނޫސްވެރިއެކެވެ. އެގޮތުން އޭނާ ވަނީ ވީޓީވީ، އާއި ދެވެހި ޗެނަލްގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ތަރުޖަމާނުކަމުގެ މަގާމުގައި ހުންނަވައި ބައެއް ނޫސްތަކަށް ހަބަރު ލިޔުއްވި އިރު އޭނާއައީ ސަންގުޓީވީގައި ޕާޓް ޓައިމް އެންކާރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ޝިއުނާ ފާހަގަކުރެވިފައި ވަނީ، ސޯޝަލް މީޑިއާގައި ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ ދިފާއުގައި މަސައްކަތް ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތް ކުރެއްވ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޝިއުނަކީ އަކީ ނޫސްވެރިންނާއި ގާތް، މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވާކަން ފާހަގަކުރެވިފައިވާ ފަރާތެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *