ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ހަމައެކަނި މާލޭ މީހުންނަށް ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު މިދިޔަ މަހުގެ 27 ގައި ހުޅުވާލިއިރު ކޮންމެ ރަށެއްގެ މީހަކަށް ވެސް ބިން ގަތުމުގެ ފުރުސަތު އޮތެވެ.

އެކަަމަކު އެ ނިންމުން ބަދަލުކޮށް، އިއްޔެ އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަދަލުކޮށްފަ އެވެ. އޭގައިވާ ގޮތުން މިހާރު ބިން ގަނެވޭނީ މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.

އަދި މާލޭ މީހުން ކަނޑައަޅާނެ ގޮތެއް ވެސް އެނގޭކަށް ނެތެވެ.

އެކަަމަކު އެޗްޑީސީގެ ބަހެއް ނުލިބޭތީ ކުއްލިއަކަށް މި ބަދަލު ގެނައީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން ބީލަމުގެ އުސޫލުން ބިން ވިއްކީ ހުރިހާ ދިވެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

 

Hulhumale ge dhevana fiyavahin 60 bimeh vikkumah hulhuvaalaifiބިން ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ޝަރުތުތައް:

– މާލޭ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން.

– މާލެއިން ގިނަ ބައެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ތަނެއްގައި ވެސް އެމީހެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ބައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިނުވުން. [މައިންބަފައިންނާއި އެހެން ގޮތްގޮތުން ވާރުތަވާ ބިންތަކެއް ނުހިމެނޭނެ]

– އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.

ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ނުވަތަ ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 9 ގަ އެވެ. އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ އެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ.

ބީލަށް ހުށަހެޅުމަށް ނަމްބަރު ދޫކުރާއިރު ބީލަން ފޯމު ހުށަހަޅަން ޖެހޭ ތަނުގެ މައުލޫމާތު ފަހުން އެޗްޑީސީން އާންމުކުރާނެ އެވެ. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހެ އެވެ. އެޗްޑީސީން ބުނީ ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާން ކުރާނެ ކަމަށެވެ. ބިން ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

 

މަސްދަރު: https://mihaaru.com/report/102642.

Related Post

Leave a Reply

Your email address will not be published. Required fields are marked *